ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފައެވެ. ޖައިޝަންކަރު މިދަތުރުފުޅުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި ބައްދަކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި މެދު މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ. ދަތުރުފުޅުގެ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި މި ވަގުތަކީ ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެމެދުގައި ވަރަށް މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެކެވެ. ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިވަޑައިގެން އަންނަނީ ދިވެހި ސަރުކާރު އިސްލާހުކުރުމަށް މަސައްކަތަކެއް ކުރައްވަމުންނެވެ.
އަދި އޭނާ ރާއްޖެ ވަޑައިގެންފައި މިވަނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކަމަށް އިންޑިއާ މީޑިއާއިން ސިފަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް