ނޫރު މަރާލި މައްސަލައިގާ ހޯދަމުންދިޔަ އެކަކު އަމިއްލައަށް ލުސް އޮފީހަށް ހާޒިރުވެއްޖެ

އައިޖީއެމްއެޗް ކައިރީ ހުއްޓަ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ނިޔާވި މާލޭ ދަފްތަރު އުމުރުން 29 އަހަރުގެ ނޫރު އާދަމް ހަސަންފުޅުގެ މަރާއި ގުޅިގެން  ފުލުހުން ހޯދަން އިއުލާނުކުރި ދެމީހުން ކުރެ އެކަކު އަމިއ...

13 Apr 2015 | 17:30

އައިޖީއެމްއެޗް ކައިރީ ހުއްޓަ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ނިޔާވި މާލޭ ދަފްތަރު އުމުރުން 29 އަހަރުގެ ނޫރު އާދަމް ހަސަންފުޅުގެ މަރާއި ގުޅިގެން  ފުލުހުން ހޯދަން އިއުލާނުކުރި ދެމީހުން ކުރެ އެކަކު އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރު ވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ޙާޟިރު ވެފައިވަނީ ޏ.ފުވައްމުލައް ދަނޑިމަގު، ޝައިނީ، މުޙައްމަދު ސަމީޙު (19އ) ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ޏ.ފުވައްމުލަށް ހޯދަޑު، ނޯވެލް، މުޙައްމަދު ޝަމްލު (18އ) ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މުޙައްމަދު ޝަމްލުއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން އެދެ އެވެ.

މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު 01:30 ހާއިރު އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނޫރު ނިޔާވެފައިވަނީ އެރޭ ދަންވަރު 03:30 ހާއިރުއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް