އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ޖިޕެއް  ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މިރޭ އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑްގައި އެކްސިޑެންޓް ވުމުން މަޑު ނުކޮށް ދިޔަ ޖިޕެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުން ބުނީ މިރޭ 20:50 ހާއިރު ހިނގި މިއެކްސިޑެންޓްގައި ސައިކަލްގައި ތިބ...

13 Apr 2015 | 17:01

މިރޭ އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑްގައި އެކްސިޑެންޓް ވުމުން މަޑު ނުކޮށް ދިޔަ ޖިޕެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ 20:50 ހާއިރު ހިނގި މިއެކްސިޑެންޓްގައި ސައިކަލްގައި ތިބި އަންހެނަކަށާއި ފިރިހެނަކަށް އަނިޔާވުމާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓް ވުމާއި ގުޅިގެން ސައިކަލަށް ވަނީ ބޮޑެޓި ގެއްލުންތަކެއް ލިބިފައިވާކަމަށާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް