އައިޖީއެމްއެޗް ކައިރީ ހުއްޓަ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ނިޔާވި މާލޭ ދަފްތަރު އުމުރުން 29 އަހަރުގެ ނޫރު އާދަމް ހަސަންފުޅުގެ މަރާއި ގުޅިގެން ދެމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހޯދަމުން ދަނީ ޏ.ފުވައްމުލައް ދަނޑިމަގު، ޝައިނީ މުޙައްމަދު ސަމީޙު (19އ) އާއި ޏ.ފުވައްމުލައް ހޯދަނޑު، ނޯވެލް މުޙައްމަދު ޝަމްލު (18އ) ކަމަށެވެ.
އެ ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު 01:30 ހާއިރު އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނޫރު ނިޔާވެފައިވަނީ އެރޭ ދަންވަރު 03:30 ހާއިރުއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް