ޒުވާނުންގެ މަރުކަޒާއި ދިމާ މޫދުން މަރުވެފައިވާ ކުއްޖަކު ފެނިއްޖެ

ޒުވާނުންގެ މަރުކަޒާ ދިމާލު ކަނޑުތޮށި ކައިރިން މަރުވެފައި އޮތް ތުއްތުކުއްޖަކު ފެނިއްޖެއެވެ. އެ ކުއްޖާ ފެނިފައިވަނީ އެ ސަރަހައްދުގައި ފީނަން އުޅުނު ދެ ޒުވާނުންނަށެވެ.  އެ ދެ ޒުވާނުން މީޑިއާގައި ބުނީ އެ ...

13 Apr 2015 | 10:36

ޒުވާނުންގެ މަރުކަޒާ ދިމާލު ކަނޑުތޮށި ކައިރިން މަރުވެފައި އޮތް ތުއްތުކުއްޖަކު ފެނިއްޖެއެވެ.

އެ ކުއްޖާ ފެނިފައިވަނީ އެ ސަރަހައްދުގައި ފީނަން އުޅުނު ދެ ޒުވާނުންނަށެވެ.  އެ ދެ ޒުވާނުން މީޑިއާގައި ބުނީ އެ ކުއްޖާ އޮތީ އެންކަރު މިލްކް ހުސްކުރި ދަޅަކަށް ލާފައިކަމަށާއި، ކުޑަ ކުއްޖަކު އޭގެ ތެރޭގައި އޮތްކަން އެނގުނީ ދަޅު ބަރުކަމުން މަތިނަގާ ބެލުމުން ކަމަށެވެ.

އެ ކުއްޖާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެތާ ހުރި މީހަކު ބުނީ އެއީ ދުވަސް ނުފުރާ ވިހާފައި އޮތް ކުއްޖެއްކަމަށް ބެލެވޭކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ މޫދުން ފެނުނު ކަމުގެ މައުލޫމާޓު ފުލުހުންނަށް ލިބުނީ 03:15 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ އޮތީ ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުގައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް