ޑރ. އަފްރާޝިމް އަލީގެ މަރުގެ ކަންތައްތައް އޭނާއަށް ވުރެ ރަނގަޅަށް އިނގޭނީ ރައީސް އަބްދުﷲ ޔާމިނަށާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ކަމަށް އެ މައްސަލައިގަ ކްރިމިނަލް ކޯޓުން މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް މިއަދު ހައިކޯޓުގައި ބުނުމާއި ގުޅިގެން މިނިސްޓަރު އަދީބް އެ ވާހަކަތައް ދޮގުކޮށްފި އެވެ.
އަދީބް މިއަދު މީޑީއާގައި ވިދާޅުވީ މިއަދު ހުމާމް ކުއްލިއަކަށް ކޯޓޫގައި އެގޮތަށް ވާހަކަދެއްކީ ރައީސް ޔާމީނާއި އޭނާގެ އިތުރުން ސަރުކާޜުގެ އަގު ބައްޓާލަން ކަމަށެވެ. ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލެވުނީ އަނިޔާވެރި ގޮތަކަށް ކަމަށާއި އެކަމުގައި މި ސަރުކާރުގެ ވެރިންގެ ދައުރެއް ނޯންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުމާމްގެ މައްޗަށް ކުރެވިފައިވާ ދައުވާއިން އެނާ ސަލާމަތް ކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ގާނޫނީ ވަކީލުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ހުމާމް މިއަދު ކޯޓުގައި ދެއްކި ވާހަކަތަކަކީ އެފަދަ ބައެއް ބޭފުޅުން ބުނެގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
މިނިސްޓަރު އަދީބް ވިދާޅުވީ އެމްޑީޕީން އުޅެނީ އެ މައްސަލަ ސިޔާސީ ކުރުމަށް ކަމަށެވެ. އެގޮތުން މި ސަރުކާރާއި ދިމާއަށް މައްސަލަ އަނބުރާ މައްސަައިގެ އަސްލު އޮޅުވާލަން އުޅޭކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުމާމް މިއަދު ކޯޓުގައި ދެއްކި ވާހަކަތައް ރައްޔިތުންނަށް އޮޅުންފިލުވައިދޭނެ ކަމަށެވެ.
އަފްރާޝިމްގެމަރުގެ ކަންކަން އޭނާއަށް ވުރެ ބޮޑަށް އިނގޭނީ ރައީސް ޔާމިނާއި މިނިސްޓަރު އަދީބަށް ކަމަށް ހުމާމް ބުނީ އޭނާ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަަލައިގެ ދައުވާއަށް ޖަވާބުދިނުމަށް ފަނޑިޔާރުން 10 ދުވަހުގެ މުއްދަތެއް ދިނުމުން ވާހަކަ ދެއްކުމުގެ ފުުރުސަތަކަށް އެދި ފަނޑިޔާރުން ދިން ފުރުސަތެއްގައި ވާހަކަ ދައްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް