މިނިވަން 50 އާއި ގުޅުވައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަށް މަސައްކަތް ކުރަނީ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ދުނިޔޭގެ ރިކޯޑް ފޮތަށް އަރާވަރުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ. މިނިވަން 50 އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއ...

13 Apr 2015 | 09:34

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ދުނިޔޭގެ ރިކޯޑް ފޮތަށް އަރާވަރުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

މިނިވަން 50 އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒު އަހުމަދު ސަލީމް ވިދާޅުވީ މިނިވަން 50 ފާހަގަކުރުމުގެ ތެރެއިން ދުނިޔޭގެ ރިކޯޑަށް އަރާވަރުގެ ހަރަކާތެއް ހިންގަން ނިންމާފައިވަނީ ގައުމީ ދިދަ ބޭނުންކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރާނެ ގޮތުގެ ދިރާސާ ކުރުމަށް މިހާރު ޓީމެއް އެކުލަވާލާފައިވާ ކަމަށާއި ދިރާސާކުރުމަށް ފަހު އެ ޓީމުން ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށެވެ.

"އޭގަ ދެ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން އެބަހުރި، އެއް ވިސްނުމަކީ ގިނަ ބަޔަކު ބޭނުންކޮށްގެން ގައުމީ ދިދައިގެ ރިކޯޑް ގާއިމުކުރުން. އަނެއް ވިސްނުމަކީ އެންމެ ބޮޑު ދިދައެއް ހަދައިގެން ގައުމީ ދިދައިގެ ރިކޯޑެއް ގާއިމުކުރުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރިގެންދާއިރު ދުނިޔޭގެ ރިކޯޑެއް ގާއިމުކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިވަން 50 ފާހަގަކުރުމަށް ސަރުކާރުން ދަނީ ގިނަ ހަރަކާތްތަކަށް ރާވަމުންނެވެ. އެގޮތުން "ރައިވެރިބޭގެ ޖިހާދުގެ ފެތުން" ނަމުގައި ފެތުމެއް މިހާރު ބާއްވާފައިވާއިރު ސްކައި ޑައިވިންގެ ހަރަކާތަކާއި ރާއްޖޭގެ އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކަކާއި މޫދު ކުޅިވަރުގެ ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް