ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނެފައިވާގޮތުގައި އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ގްރާމް ހުއްޓެވެ. މިތަކެތި އަތުލައިގަނެފައިވަނީ، 2025 މާރިޗު 12 ވަނަ ދުވަހު ކަނޑުގެމަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމަށް 2025 މާރިޗު 13 ވަނަ ދުވަހުގެ ފަތިހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.
"ފުރަތަމަ މަރުޙަލާގައި ތަހުލީލުކުރިއިރު، 1086 ގްރާމް ކެޓަމިން (Ketamine)، 2138 ގްރާމް މެތަމްފެޓަމިން (Methamphetamine)، އަދި 310 ގްރާމް ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައި، މި މައްސަލާގައި އަތުލެވުނު މަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާ" ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން އިތުރަށް ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް