ފިހާރައެއްގެ ވަތްގަނޑުން ގިނަ އަދަދެއްގެ ފައިސާ ނެގި ލަންކާ އަންހެނަކު މާލެއިން ހައްޔަރު

މާލޭގައި ހުންނަ ފިހާރައެއްގެ ވަތްގަނޑުން ގިނަ އަދަދެއްގެ ފައިސާއާއި އަދި އެ ފިހާރައިން ގިނަ އަދަދެއްގެ މުދާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ސްރީ ލަންކާއަށް ނިސްބަތްވާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ހައ...

13 Mar 2025 | 07:56

މާލޭގައި ހުންނަ ފިހާރައެއްގެ ވަތްގަނޑުން ގިނަ އަދަދެއްގެ ފައިސާއާއި އަދި އެ ފިހާރައިން ގިނަ އަދަދެއްގެ މުދާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ސްރީ ލަންކާއަށް ނިސްބަތްވާ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ، އުމުރުން 24 އަހަރުގެ، ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ އެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މާލޭ ، މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ކޭޝިޔަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްތަކުގައި ފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖެނުއަރީ އަށް ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި މި މައްސަލައާއި ގުޅިގެން އެ އަންހެންމީހާ ފެބްރުއަރީ ނުވަ ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ކޯޓުން ދީފައިވާކަމަށެވެ.

ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާގޮތުގައި ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާ މަންޒަރު ސީސީޓީވީ ސްނެޕްތަކުން ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް