ފަރެސްމާތޮޑާ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި

ފަރެސްމާތޮޑާގައި ތަރައްޤީ ކުރި އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިއަދު ހަވީރު 17:28 ގައެވެ. އެގޮތުން ޓެސްޓް ފްލައިޓުގެ ގޮތުގައި ފަ...

13 Mar 2023 | 18:51

ފަރެސްމާތޮޑާގައި ތަރައްޤީ ކުރި އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިއަދު ހަވީރު 17:28 ގައެވެ.

އެގޮތުން ޓެސްޓް ފްލައިޓުގެ ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ އެރަށަށަށް ވަޑައިގެންފައެވެ.

މިނިސްޓަރުގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާ އާއި ރީޖަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީވެ ސްވަނީ އެރަށަށް ވަޑައިގެންފައެވެ.

ޖުމުލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާ އެއަރޕޯޓުގައި، އެއަރޕޯޓް ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް ވަނީ ފުރިހަމަކޮށްފަ އެވެ.

އަދި މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.

އެ އެއާޕޯޓަސް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ26 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް