އެޕްރީލު އެކަކުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތްތަކުގެ އެންމެ ތިރިން

އެޕްރީލު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތްތަކުގެ އެންމެ ތިރިން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯ އިން މިކަން ހާމަކޮށްފައި ވަނީ...

13 Mar 2023 | 17:23

އެޕްރީލު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތްތަކުގެ އެންމެ ތިރިން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯ އިން މިކަން ހާމަކޮށްފައި ވަނީ ކުނި ބިލު ކަރަންޓު ބިލުގައި ހިމެނުމަށް ނިންމުމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާ ކުރައްވާ ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން ކަމަށާއި ޑޯ ސްޓެޕްއިން ކުނި ނުނަގާނެ ކަމަށެވެ.

އަދި މި އަންނަ އެޕްރީލު މަހުން ފެށިގެން ވެމްކޯއިން ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނަގަމުން ދާނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކަރަންޓު ބިލުގައި ހިމަނައިގެން ކަމަށް ސިރާޖް ވިދާޅުވެފައި ވެއެވެ.

ވެމްކޯއަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް ނުލިބިވާކަން ފާހަގަކުރައްވާ ސިރާޖް ވަނީ މި ގެނައި ބަދަލާއެކު ބިލަށް ފައިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަރަންޓު ބިލާއި އެކު ވެމްކޯ ބިލް ދައްކަން ފެށުމުނ އެ ކުންފުންޏަށް ކޮންމެ މަހަކު7.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސިރާޖް ވިދާޅުވީ އަންނަ މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމަނާއިރު ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ 50،000 އަށް ވުރެ ގިނަ ގޭބިސީއަށް ކުނި ބިލް ފޮނުވާނެ ކަމަށާއި ވެމްކޯގައި ރަޖިސްޓްރީ ކޮށްފައި ވަނީ 24،000 ގޭބީސީއެއް ކަމަށެވެ.

އަދި މިކަމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާނެ ކަމަށް ސިރާޖް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް