ލަންކާ ޓޫރިޒަމް މިނިސްޓަރު އެންމެ ފަހުން މައާފަށް އެދިވަޑައިގެންފި

ރާއްޖޭގެ ޓޫރިޒަމަށް ފާޑުވިދާޅުވި އަވައްޓެރި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ އެންމެ ފަހުން މައާފަށް އެދިވަޑައިގެންފި އެވެ. ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އެންމެ...

13 Mar 2023 | 17:14

ރާއްޖޭގެ ޓޫރިޒަމަށް ފާޑުވިދާޅުވި އަވައްޓެރި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ އެންމެ ފަހުން މައާފަށް އެދިވަޑައިގެންފި އެވެ.

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ވާހަކަ ދައްކަމުން ފެނާންޑޯ ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުންނަށް ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށާއި ފަސް ވަރަކަށް ދުވަހު ވާއިރަށް ފޫހިވާނެ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ދިވެެހިން، ލައްކާ ރައްޔިތުން އަދި ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ފެނާންޑޯއަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

އެކަމާއި ގުޅިގެން ފެނާންޑޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރީތި ރަށްތަކާ ބެހޭގޮތުން އެ ފެއާގައި ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ލަންކާ އިން މަސައްކަތް ކުރަނީ ރާއްޖެއާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާގެ އެ ވާހަކަތަކާއި ގުޅިގެން މައާފަށް އެދިވަޑައިގެންނަވާކަމަށް ވިދާޅުވި އެވެ.

މި ވާހަކަ އާއި ގުޅިގެން އިންޓަނެޓުގައި ލަންކާ ރައްޔިތުން ބުނަމުންްދަނީ މިއީ އަމިއްލަ ގައުމެއްގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ވާނެ ގޮތް ނޫންް ކަމަށެވެ. ލަންކާ މީހަކަ ޓުވިޓާގައި ބުނީ ސިޔާސީ ބޭފުޅަކަށް ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކަންކަން ހަވާލުކުރުމުން ވާނީ އެހެން ކަމަށެވެ.

އެހެން މީހަކު ބުނީ ބައިނަލްއަގުވާމީ ފޯރަމެއްގައި، އެހެން ގައުމެއް ގޯސްކޮށްފައި، އަމިއްލަ ގައުމު ޕްރޮމޯޓްކުރުމަކީ ޑިޕްލޮމެޓިކް ގޮތެއް ނޫންކަމަށެވެ. މިގޮތަށް ޓޫރިޒަމް ޕްރޮމޯޓު ކުރުމުން ޓޫރިޒަމް އުޖާލާ ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް