ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ހުށަހަޅާގޮތަށް ހަމަޖައްސައިފި

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުށަހަޅާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ. މިކަން ހާމަކޮށް އީސީގެ ސިޔާސީ ޕާޓީތަކުގެ ޤަވައިދަށް ގެނައ...

13 Mar 2023 | 13:04

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުށަހަޅާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ.

މިކަން ހާމަކޮށް އީސީގެ ސިޔާސީ ޕާޓީތަކުގެ ޤަވައިދަށް ގެނައި ފަސް ވަނަ އިސްލާހު ގައި ބުނީ ސިޔާސީ ޕާޓީގައި ދަފްތަރުކުރުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްގެން ހެދި "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށާއި ނަމަވެސް، އޮންލައިންކޮށް ހުށަނޭޅޭ ހާލަތްތަކުގައި އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.

އަދި އަލަށް ގެނައި އިސްލާހާ އެކު ޕާޓީތަކަށް ވަންނަ ފޯމު ރައްކާކުރަން ޖެހޭނީ އެ ޕާޓީއަކުން ކަމަށާއި 10 އަހަރުވަންދެން އެ ފޯމު ރައްކާކުރަންޖެހޭ ކަމަށް އީސީން ބުނެފައި ވެއެވެ.

މިގޮތުން ވަކި މުއްދަތެއް ވަންދެން ފޯމުތައް ރައްކާ ކުރުމަށް އީސީން ސިޔާސީ ޕާޓީތަކާ އެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި މިހާރު އަންނަނީ މި އެއްބަސްވުން ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން އީސީން ބުނީ ޕާޓީތަކުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ޕޯޓަލް އެއް ހެދިއަސް ފޯމު ހުށަހަޅަން ޖެހޭނީ ރަސްމީ ފޯމު ފުރިހަމަކޮށް، އެ ސްކޭން ކުރުމަށްފަހު ކަމަށެވެ.

އީސީން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލުމުން އެ ކޮމިޝަން އަދި ޕާޓީތަކަށް ވެސް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އެގޮތުން ރަސްމީ ގަޑީގައި އީސީއަށް ހުށަހަޅަމުން ދިޔަ ފޯމުތައް ގުނުމަށް ވެސް އެތައް ވަގުތެއް ހޭދަވާ ކަމަށާއި މިހާރު ބޭނުން ވަގުތެއް ގައި އީސީއަށް ފޯމު ހުށަހަޅަންވީ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް