ޒަކާތު ނަފާ ޕްރޮގްރާމަށް ފެޝަން ޑިޒައިނަރެއް ހޯދަނީ

ފަގީރުންނާއި މިސްކީނުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް އަމާޒުކޮށްގެން ފުދުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ "ޒަކާތު ނަފާ" ޕްރޮގްރާމްގެ ދަށުން ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނުކޮށްފި އެ...

13 Mar 2023 | 10:49

ފަގީރުންނާއި މިސްކީނުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް އަމާޒުކޮށްގެން ފުދުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ "ޒަކާތު ނަފާ" ޕްރޮގްރާމްގެ ދަށުން ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނުކޮށްފި އެވެ.

ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނު ކޮށްފައި ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުންނެވެ. އަދި ފެޝަން ޑިޒައިނަރެއް ހޯދަނީ ފެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް ބޭނުންވާ ޑިޒައިންތައް ތައްޔާރު ކޮށްދިނުމަށެވެ.

މިގޮތުން ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ތައާރަފުކުރީ ފަގީރުންނާއި މިސްކީނުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް އަމާޒުކޮށްގެން ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށެވެ.

އެގޮތުން ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން އެހީ ދެވޭ ދާއިރާތަކުގެ ތެރޭގައި ގެދޮރުން ނަފާ، ޕޯލްޓަރީ ފާމިން، ހައިޑްރޯޕޯނިކް ދަނޑުވެރިކަން، ފަރުމަސްވެރިކަން، ފެހުން އަދި އޮންދަ ޖޮބް ޓްރެއިންނިން ހިމެނޭހެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ތަކާއި ވަޑާމުގެ މަސައްކަތާއި މަސްކައްކާ ހިއްކުން ހިމެނެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމަށް ޒަކާތު ފަންޑުގެ ތެރެއިން އާއިލާއަކަށް ހަރަދު ކުރެވޭނީ ގިނަވެގެން 150،000 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް