ކުރިޔަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރޯދަ މަހު ކޮންމެ ދުވަހެއްގެ ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދު، އެއްވެސް ބާވަތެއްގެ މުދާ ގަނޑުކޮށް އެއްވެސް އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. އެ ގަވައިދާ ހިލާފު ވާނަމަ750 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މުދާ އުފުލަން ހާއްސަ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. އެވަގުތުގައި ހުރިހާ ބާވަތެއްގެ މުދަލެއް ވެސް އުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ސިނަމާލެ ބްރިޖުގައި މުދާ އުފުލޭ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. އެވަގުތުގައި ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ވެސް ތަކެތި ގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް