ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދެ ފެކްޝަނުން މިރޭ ވަކިން މާހެފުން ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ރަސްމީ މާ ހެފުން ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މާ ހެފުން އޮތީ އެމްޑީޕީ ހަރުގޭގައި އެވެ، މާ ހެފުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 އިން 10:00 އަށެވެ.
ހަމަ އެގަޑީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންވެސް ވަނީ މާ ހެފުން ބާއްވަން ނިންމާފައި އެވެ. އެމަނިކުފާނުގެ ފެކްޝަންގެ މާހެފުން ބާއްވަނީ ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއުގައި އެވެ.
މި މާހެފުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ8:15 ގައި އެވެ. "ފިކުރއްގެ ދިރުން" ޓީމުން ވަނީ އެ މާހެފުމަށް ނަޝީދަށް ތާއިދު ކުރައްވާ ހުރިހާ މެމްބަރުންނަށް ދައުވަތު ދީފައި އެވެ.
އެމްޑީޕީއާއި ރައީސް ނަޝީދު ވެސް ގެންދަނީ ދެ ބައި މީހުން ވަކިން މާހެފުން ޕްރޮމޯޓް ކުރުމަށްޓަކައި ސޯޝަލްމީޑިއާގައި ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް