އއ. ރަސްދޫގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވެފައިވަނީ 46 އަހަރުގެ އިނގިރޭސި ޓޫރިސްޓެކެވެ.
ފުލުހުން މީޑީއާގައި ބުނީ އެމިހާ ގެނބުނީ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސްގެން އުޅެނިކޮށްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހާ ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 9:15 ހާއިރު އެވެ.
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
މިދިޔަ ހަފްތާގައިވެސް ޓޫރިސްޓަކު ގެނބިގެން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް