ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް މިނިސްޓަރު މައުސޫމް ރައްދު ދެއްވައިފި

ރާއްޖޭގެ ޓޫރިޒަމަށް ފާޑުކިޔައި ލަންކާ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ދެއްކެވި ވާހަކައަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފި އެވެ. ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިޔަ...

13 Mar 2023 | 06:08

ރާއްޖޭގެ ޓޫރިޒަމަށް ފާޑުކިޔައި ލަންކާ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ދެއްކެވި ވާހަކައަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފި އެވެ.

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ވާހަކަ ދައްކަމުން ފެނާންޑޯ ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުންނަށް ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށާއި ފަސް ވަރަކަށް ދުވަހު ވާއިރަށް ފޫހިވާނެ ކަމަށެވެ.

ފެނާންޑޯ ވިދާޅުވީ އޭނާ ރާއްޖޭގެ ޓޫރިޒަމަށް ފާޑު ނުކިޔާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ޓޫރިސްޓުން ފޫހިވާނީ އެއް ރަށެއްގައި އެއްތަނެއްގެ ބަންދުވެގެން ހުންނަން ޖެހުމުން ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު 2020، 2021، އަދި 2022ގައި ހޯދާފައިވާ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ބެންޗްމާކެއް ކަމަށެވެ.

ރާއްޖެއަކީ ބެސްޓް އަދި އެޑިކްޓިވް މަންޒިލަކަށް ހަދައިދިން ޑިވެލޮޕަރުންނާ ހިދުމަތް ދޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ވަނީ ހަސަދަވެރިވެ، ޝައްކު އުފެދޭ ނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ފެނާންޑޯގެ މި ވާހަކަތަކާއި ގުޅިގެން ދިވެހިންނާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިތުރުން އަމިއްލަ ގައުމުގެ ރައްޔިތުންވެސް ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް