ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން އެބަދެ އެވެ.
އާއިލާއިން މީޑިއާގައި ބުނީ ސަލީމަށް ހާޓްއެޓޭކު ޖެހުނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެވެ.
ސަލީމަކީ ކުރީގެ މަޝްހޫރު ނޫސްވެރިއެކެވެ. އޭނާއަށް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމާއި ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން އޭނާ ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ މެމްބަރެއްގެ ގޮތުގައި އެވެ.
މުޙައްމަދު ސަލީމަލީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމްގެ އެއްބަފާ ބޭބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް