މާލޭގައި އިމާރާތަކުން ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ގެއެއްގައެވެ. އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި ނިޔާވެފައިވަނީ އެ ގޭގެ ފަސްވަނަ ފަންގިފިލާއިންނ...

13 Mar 2023 | 03:21

މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ގެއެއްގައެވެ. އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި ނިޔާވެފައިވަނީ އެ ގޭގެ ފަސްވަނަ ފަންގިފިލާއިންނެވެ.

ފުލުހުން މައުލޫމާތުދެއްވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 12:20 އެހާކަންހާއިރުގައެވެ.

އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް