ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ޓެސްޓު ހަދަން ޖެހުން އުވާލައި އަތޮޅުތެރެއަށް ދަތުރު ކުރާއިރު ވެކްސިން ފުރިހަމަ ނުކުރާނަމަ ކަރަންޓީންވާން ޖެހޭ އުސޫލަށް އަމަލު ކުރުން ހުއްޓާލައިފި އެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އުވާލާފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ2020 ވަނަ އަހަރުގެ މާޗް12 ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާާޅުވީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންނާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ވެސް ޕީސީއާރު ޓެސްޓް ހަދާކަށް ދެން ނުޖެހޭނެ ކަމަށެވެ. އަދި ކަރަންޓީންވެސް ވާން ނުޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރަށްރަށަށް ގޮސް ކަރަންޓީނުވާން ނުޖެހުނު ނަމަވެސް ބަލި ޖެހޭ މީހުން އަދިވެސް ކަރަންޓީނު ވާން ޖެހޭނެ އެވެ.
މި ލުއިތަށް ދިން ދިން ނަމަވެސް އޭނާ އިލްތިމާސް ކުރެއްވީ ރައްކާތެރިކަމުގެ ގޮތުން އަމިއްލައަށް ފިޔަވަޅު އަޅައިގެން ހުރުމެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރު ނުވިޔަސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މިއަދުން ފެށިގެން އާންމު ތަންތަނުގައި މާސްކު އެޅުމަކީވެސް މަޖުބުރު ކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް