މާސްކު އެޅުމަކީ މިހާރު މަޖުބޫރު ކަމެއް ނޫން

އާންމު ތަންތަނުގައި މާސްކު އެޅުން މިއަދުން ފެށިގެން މަޖުބޫރު ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ކޯވިޑްގެ ހާލަތު ގޯސްވެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކ...

13 Mar 2022 | 16:27

އާންމު ތަންތަނުގައި މާސްކު އެޅުން މިއަދުން ފެށިގެން މަޖުބޫރު ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޯވިޑްގެ ހާލަތު ގޯސްވެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރީ2020 ވަނަ އަހަރުގެ ޑިސެމްބަރު ދެ ވަނަ ދުވަހު އެވެ. އޭގެ ކުރިން މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތީ މާލެ ސަރަހައްދާއި އެއާޕޯޓުތަކުގައި އެވެ.

އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ވަކި ހާލަތްތަކެއް ފިޔަވާ އާންމުކޮށް މާސްކު އަޅައިގެން އުޅުން މަޖުބޫރުކޮށްފައި އޮތް އޮތުން މިހާރު ވަނީ އުވާލާފައި ކަމަށެވެ. މާސް އަޅަން ޖެހޭ ހާލަތްކަމަށް ވިދާޅުވީ ބަލި ފެތުރޭ ރަށެއްގައި ކޯވިޑް ޖެހިފައިވާ މީހުންގެ ނިސްބަތް20 ޕަސެންޓަށްވުރެ އިތުރު ނަމަ ކަމަށެވެ.

މީގެއިތުރުން، ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާސްކު އެޅުމަކީ އަދިވެސް މަޖުބޫރުކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާސްކަކީ ކޯވިޑްގެ އިތުރުން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށްވާތީ މާސްކު އެޅުމަކީ ބޭނުންތެރި ކަމެއްކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހައި ރިސްކު މީހުންނާއި އެކު އުޅޭ މީހުން މާސްކު އެޅުމަށް އިލްތިމާސް ކުރެއްވި އެވެ.

މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް ކަނޑައެޅި އިރު ރާއްޖޭގައި އިއުލާނު ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އުވާލާފަ އެވެ. މި ހާލަތު އުވާލާފައި މިވަނީ ދެ އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް