ހއ. ބާރަށު ނެރު ފުންކޮށް ކުރީގެ ބަނދަރު އަލުން ފުން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މިއަދު ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ގެންގޮސް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
ބާރަށުގަ ކޮނުމަށް ހަމަޖެހިފައިވަނީ775 މީޓަރު ދިގު އަދި33 މީޓަރު ފުޅާ ނެރެކެވެ. މި ނެޜު ކޮނުމަށް ހަމަޖެހިފައިވަނީ އަށް މީޓަރު ފުނަށެވެ.
މިހާރު ބޭނުން ކުރަމުންދާ ބނދަރު ފުން ކުރުމަށް ހަމަޖެހިފައިވަނީ3.5 މީޓަރަށެވެ.
މި މަޝްރޫއުއަކީ12.17 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް