ޔޫކްރެއިންގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ކޯސްތައް ނިންމަން އެހެން ގޮތެއް ހޯދައިދެނީ

ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރުންގެ ކޯސްތައް ނިންމަން އެހެން ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ ...

13 Mar 2022 | 15:42

ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރުންގެ ކޯސްތައް ނިންމަން އެހެން ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅ ުދައްކަވަމުން ރައީސް ވިދާޅުވީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ކޮންމެވެސް ސިފައެއްގައި ރާއްޖެއަށް ކުރަމުންދާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ކަންބޮޑުވާކަމުގެ ގޮތުގަަ ރައީސް ފާހަގަ ކުރެވިއް ކަންކަމުގެ ތެރޭގައި ޔޫކްރެއިންގައި ތިބި ދަރިވަރުން ކިޔެވުން ފުރިހަމ ކުރެވޭނެ ގޮތެއް ނެތުން ހިމެނެ އެވެ. ޔޫކްރެއިންގައި ކިޔަވަމުން ދދިޔަ ދަރިވަރުން ރާއްޖެ އައީ އޮންލައިންކޮށް ކިޔަވައިދޭން ޔުނިވާސިޓީތަކުން ނިންމުމުންނެވެ.

ރައީސް ވިދާޅުވީ އެ ދަރިވަރުންނަށް އެނޫން ގޮތަކަށް ކިޔެވުން ފުރިހަމަ ކުރެވޭނެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

އަދި ވިދާޅުވީ ޔޫކްރެއިން އާއި ކައިރި ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ދަރިވަރުންވެސް އެނބުރި ގައުމަށް އަންނަން ބޭނުންވާނަމަ ސަރުކާރުން އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުމާއި އެކު އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމުން20 އަށްވުރެ ގިނަ ދިވެހިން ޔޫކްރެއިނުން ބޭރުނުވެވި ތާށިވި އެވެ. އެ އެންމެން މިދިޔަ ހަފްތާގައި އަވައްޓެރި ހަންގޭރިއަށް އެތެރެކޮށް ރާއްޖެ ގެނައީ ސަރުކާރު ހަރަދުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް