ސައުދީ އަރަބިއްޔާ ސަރުކާރުގެ ދީލަތި އެހީގެ ދަށުން ދިވެހިރާއްޖެއަށް ތިން ހާސް މުސްޙަފު ހަދިޔާ ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސައުދީ ސަރުކާރުން ހަދިޔާ ކުރި ތިން ހާސް މުސްޙަފްގެ ތެރޭގައި ދެ ސައިޒެއްގެ މުސްޙަފް ހިމެނޭ ކަމަށެވެ.
އެގޮތުން އާންމުކޮށް ބޭނުންކުރާ ސައިޒުގެ އަކުރު ކުދި މުސްޙަފާއި އަދި އަކުރު ބޮޑެތި މުސްޙަފް ހިމެނޭ ކަމަށެވެ.
މި މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މުސްޙަފް ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީގެ ކައުންޓަރުން މުސްޙަފު ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް