ރާއްޖޭގެ ޒުވާން މަސްވެރިޔާ ހަސަން ސާޖިން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ދަތުރު ''ޑިސްކަވަރ މޯލްޑިވްސް'' އާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޝްވަރާކުރައްވައިފިއެވެ.
ސާޖިން ބުނީ މިއަދު ރައީސް ނަޝީދުއާއި ބައްދަލުކުރީ ރާއްޖެ ވަށާ އޭނާ އޭނާ ކުރަން އުޅޭ ދަތުރުތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން ކަމަށެވެ.
ސާޖިން ބުނީ ރާއްޖޭގެ ހުރިހާ ރަށަކަށް މި ކުރާ ދަތުރުގެ އެންމެ އެއް މަގުސަދަކީ ރާއްޖޭގެ ރިތިކަމާ ރާއްޖޭގެ މަސްވެރިކަން އިސްތިހާރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ދިޔުމަކީ އޭނާގެ ހުވަފެނަކަށް ވަތީ ކަމަށް އޭނާ ބުނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ މަސްވެރިކަން ކުރާގޮތާ މަސްވެރިންނާ އެކު މަހަށް ގޮސް އެމީހުންގެ މަސްވެރިކަމުގެ ތަޖުރިބާކޮށް އެކަން ކުރާގޮތްތައް ދައްކަންބޭނުން ކަމަށް ސާޖިންބުނެއެވެ. އަދި ރާއްޖޭގެ ރައްތަކުގެ މައުލޫމާތު މި ދަތުރުގެ ތެރެއިން ގެނެވޭނެކަމަށް އޭނާބުނެއެވެ.
'' ދިވެއްސަކަށްވެ ހުރެ ރާއްޖޭގައި އެބަތިބިކަންނޭގެ ތުރާކުނޭ ބުނީމަ ނޭނގޭ މީހުން. ތުރާކުނު އިންނަނީ ކިހިނެއްކަން އިންނަ މީހުން. އެހެންވީމަ މި ދަތުރުތެރެއިން އެއްކަމަކަށް ވެގެން ދާނެ ތުރާކުނޭ ބުނީމަ އެންމެނަށްވެސް އެނގޭވަރު. ތުރާކުނަކީ ކޮބައިކަން. ތުރާކުނަށް ދަންޏާ ދާންވީ ކީއްވެކަން.'' ސާޖިން ބުންޏެވެ.
މި ދަތުރުގައި މަސްވެރިކަމުގެ އިތުރުން މުޅި ދުޔޭގެ ސަމާލުކަން ލިބިގެން ދާނެކަމަށް ސާޖިން ބުންޏެވެ. އެއާއެކު މި ހަފްތާ ތެރޭގައި ލީބިޔާގެ ކުންފުންޏެއްގެ އެންބެސެޑަރުކަމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދާނެކަމަށް އޭނާ ބުނެއެވެ.
އިތުރަށް ސާޖިން ބުނީ ރައިސް ނަޝީދާއި ބައްދަލުވެ މިދަތުރުވެ ވާހަކަތައް ހިއްސާކޮށްލެވުނީތީ ވަރަށް އުފާވެއްޖެ ކަމށާއި، އިރާދަކުރެއްވިއްޔާ މި ދަތުރަށް ގިނަ ސަމާލުކަމެއްލބިގެން ދާނެކަމަށެވެ.
ސާޖިން އަކީ މަސްވެރިކަން ކުރިއަރުވާން ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ގއ. އަށް އުފަން ޒުވާން މަސްވެރިއެކެވެ. ޒުވާންމަސްވެރިޔާގެ ނަމުން މަޝްހޫރު ސާޖިން ވަނީ ރާއްޖޭގެ މަސްވެރިކަން ކުރާ ވީޑިއޯއެއް ސޯޝަލްމީޑިއާއަށް ދޫކޮށްލާ 39 މިލިއަން ވިއުސް ހޯދާ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް