އިއާދަކުރަނިވި ހަކަތައިން ފުރަތަމަ ފަހަރަށ މުޅި ރަށަށް ކަރަންޓުދީ ކުރިނބީ ތާރީޚުގެ ތެރެއަށް!

އިއާދަކުރުވަނިވި ހަކަަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް މުޅިރަށައް ފޯރުކޮށްދިން ފުރަތަމަ ރަށަކަށް ހދ. ކުރިނބީ ވެއްޖެއެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް އަމާޒުކޮށްގެން އިރުގެ އަލިން ކަ...

13 Mar 2022 | 11:41

އިއާދަކުރުވަނިވި ހަކަަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް މުޅިރަށައް ފޯރުކޮށްދިން ފުރަތަމަ ރަށަކަށް ހދ. ކުރިނބީ ވެއްޖެއެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް އަމާޒުކޮށްގެން އިރުގެ އަލިން ކަރަންޓް އުފެއްދުމަށް އޭޑީބީ އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމެންޓް"ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫޢެއްގެ ދަށުން ކުރިނބީގައި ޤާއިމް ކުރެވިގެންދިޔަ ސޯލާ ޕެނަލްތަކެކެވެ.

ދުވަހަށް މަޢުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ ރަށުގައި ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރާ އިންޖީނުތައް ނިއްވާލުމަށްފަހު ސޯލާއިން އުފައްދާފައިވާ ކަރަންޓްގެ ހިދުމަތް ތަޖުރިބާ ކޮށްލުމުގެ ގޮތުން 30 ވަރަކަށް މިނެޓު މުޅި ރަށައް ދީފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ސޯލާތަކުން އުފައްދާފައިވާ ކަރަންޓްގެ ހިދުމަތް މުޅި ރަށުގެ އާބާދީއަށް ދިން ނަމަވެސް އެއްވެސް ކަހަލަ ތަފާތެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ދުވާލު ބޭނުންކުރުމަށްފަހު ރޭގަނޑުވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ ވަރަށް ކުރިނބީގައި ޤާއިމްކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ރައްކާކުރެވޭނެއެވެ.

އަސްލަމް ވިދާޅުވީ ރަށުގެ ރައްޔިތުން ކަރަންޓަށް ކޮންމެ މަހަކުވެސް ބޮޑު ހޭދައެއް ކުރާ ކަމަށެވެ. އަދި އިރުގެ އަވިން ކަރަންޓު އުފައްދައިގެން ބޭނުން ކުރަން ފެށުމުން އެ ހޭދަ ސަރުކާރުން ކުޑަ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކުރިނބީގައި މި ޓެސްޓުތައް ހެދި ނަމަވެސް ރަސްމީކޮށް ހިދުމަތް ދޭން ފަށާނެ ތާރީހެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް