ބީއެމްއެލް އިން 20 ރަށަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށް އަނެއްކާވެސް ބީއެމްއެލްއިން އިޖްތިމާއީ ނަމޫނާ ދައްކައިފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 20 ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 34 މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފެއެވެ. ބީއެމްއެލުން ބުނީ، ބޭންކުގެ ...

13 Mar 2022 | 09:28

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 20 ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް

އިތުރު 34 މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފެއެވެ.

ބީއެމްއެލުން ބުނީ، ބޭންކުގެ ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދީފައިވާކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އަޅުގަނޑުމެން މި ޕްރޮގްރާމް ފެށީ ދިވެހިރާއްޖޭގައި މިފަދަ ވީލްޗެއަރގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއަރއެއް ހަދިޔާކުރުމުގެ އަމާޒުގައި. މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތާމެދު އަޅުގަނޑުމެން ފަހުރުވެރިވޭ. މި ވީލްޗެއަރގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ. މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް."

ބޭންކުން ބުނީ ވީލްޗެއަރ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ބޭންކުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުންކަމަށެވެ.

ބޭންކުން އަންނަނީ އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވަމުންނެވެ. މިގޮތުން މިދިޔަ ޑިސެންބަރު މަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް ގެ 'ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް' ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް