ހަނގުރާމައިން ގެނައި އަންހެން މީހާ އާއި ހަތަރު ދަރިން ބަންދަށް

ރާއްޖެއިން ބޭރުގައި ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހުމުން ރާއްޖެ ގެނައި އަންހެން މީހާ އާއި އޭނާގެ ހަތަރު ދަރިން30 ދުވަހަށް ބަންދު ކުރުމަ...

13 Mar 2022 | 09:17

ރާއްޖެއިން ބޭރުގައި ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހުމުން ރާއްޖެ ގެނައި އަންހެން މީހާ އާއި އޭނާގެ ހަތަރު ދަރިން30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި އަމުރު ކުރީ އަންހެން މީހާގެ ރުހުމުގައި އެވެ. އެ އަންހެން މީހާ އާއި ހަތަރު ދަރިން ރާއްޖެ ގެނައީ މިދިޔަ ހުކުރު ދުވަހު އެވެ،

ކްރިމިނަލް ކޯޓުން އެ ހަތަރު މައިން ބަންދު ކުރަން އަމުރު ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަނގުރާމަވެރި ސަރަހައްދެއްގައި ހުރެފައި އެނބުރި ރާއްޖެ އަންނަ މީހެއް ނަމަ އެ މީހަކީ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަކާ ނުލައި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލަމާތަށް ނުރައްކާވެދާނެ މީހެއް ކަމަށް ބަލައި ގިނަވެގެން 30 ދުވަހަށް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެފައި ވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް