ފުލުހުހެއްގެ ގައިގައި ޖެހި މީހަކު ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ބުނީ ފުލުހުެއްގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހެއްގެ ގައިގައި ގާބުރި އަކުން ޖެހި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ.
އެގޮތުން ބަންދުކޮށފައި ވަނީ 38 އަހަރުގެ ފިރިހެނެކެވެ.
މެޑިކޯ ލީގަލް ރިޕޯޓުން ފުލުސް މީހާގެ ގައިގައި ގާބުރިއަކުން ޖަހާ އަނިޔާވެފައިވާ ކަމުގެ ހެކި ފެންނަންހުރި ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ.
އެ ގޮތުން އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި, 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް