ދިޔަމިގިލީގައި މާރާމާރީއެއް: އެކަކު ސިއްހީ މަރުކަޒަށް އަނެކަކު ފުލުހުންގެ ބެލުމުގެ ދަށަށް

ތ. ދިޔަމިގިލީގައި މާރާމާރީއެއް ހިންގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބުނު ކަމަށެވެ. "އަނިޔާ ލި...

13 Mar 2022 | 06:13

ތ. ދިޔަމިގިލީގައި މާރާމާރީއެއް ހިންގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބުނު ކަމަށެވެ.

"އަނިޔާ ލިބުނު ދިވެހި ފިރިހެންމީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އެ ރަށުން އަދި ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ. އެހެންކަމުން ލިބުނު ޒަހަމްގެ ތަފްސީލެއް، މި މާރާމާރީއެއް ހިނގަން މެދުވެރިވީ ކީއްވެކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް