ވަގު ވިޔަފާރިއަށް ބަޔަކު މިޔަރު ހިފާތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ޑިންގީއެއްގައި ބަޔަކު ބަޔަކު މިޔަރު ބާނާ މިޔަރުގެ އުރަހަ ކަނޑާ ތަނެވެ. އަދި މިޔަރުގެ ބޭނުންހިފާ ބައި ނެގުމަށްފަހު ބަކީ ހުންނަ ތަން މި ވީޑިއޯއިން ފެނެއެވެ.
ތިން މިހުން މިޔަރު މަސްވރިކަން ކުރާތަން ވީޑިއޯކޮށްފައިވަނީ ޑުރޯނެއް ބޭނުން ކޮށްގެނެވެ. ވަގަށް މިޔަރު މަސްވެރިކަން ކުރަން ތިބި މީހުންގެ ވީޑިއޯ ނަގަން ޑުރޯން އެމީހުނާ ކައިރިކުރާ ވަރަކަށް، އެ ކައިރިވިޔަ ނުދިނުމަށް އޭގެ ތެރެއިން މީހެން، ދިގު ދަނޑިއެއް ޑުރޯނާ ދިމާއަށް ދިއްކުރާ މަންޒަރު މިވީޑިއޯއިން ފެނެއެވެ.
މަޝްހޫރު ވީޑިއޯގުރާފަރު މުހަންމަދު އަމާން ޓްވިޓާއަށް ދޫކޮށްލި މި ވީޑިއޯއާއެކު އޭނާ ބުނެފައިވަނީ މިއީ ފުވައްމުލަކު ރަސްގެފަންނު ސަރަހަދު ކަމަށާއި އެ ޑިންގީގައި ތިބީ ދިވެހިން ކަމަށެވެ.
ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެގޮތުން މިޔަރުގެ އެއްވެސްބާވަތެއް މެރުމާއި ހިފުން އަދި އެއަށް ގޯނާ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް