އެކާވީސް ވަނަ ގަރުނުގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުގެ ސަަބަބުން އެމެރިކާގައި ހުންނަ ގެއަކަށް ވަތް ވަގަކު އިންޑިއާގައި ހުރެގެން އަތުލައި ގަނެފިއެވެ.
މި ހާދިސާ ހިނގިއިރު ގޭގެ ވެރި ފަރާތް ހުރީ އިންޑިއާގައެވެ.
އެމެރިކާ ފުލުހުން ބުނީ މިކަން ދެނެގަނެވުނީ ބުދަ ދުވަހުގެރޭ ދަންވަރު ތިނެއް ޖެހި އިރު އެ ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަކީ މޯޝަން ސެންސަރުތައް ހަރުކޮށްފައިވާ ކެމެރާއަކަށް ވާތީ، ގޭގެ ވެރިފަރާތުގެ ފޯނަށް ނޮޓިފިކޭޝަނެއް ލިބުމުން ކަމަށެވެ.
އެ ފުޓޭޖް ޗެކްކޮށް ބެލިއިރު އޭނާގެ ގޭގައި އެ ވަގުތު ވައްކަން ކުރަން ވަދެގެން
އުޅޭ މީހަކު ފެނުމުން އަވަށްޓެރިންނަށާއި އެމެރިކާގެ ފުލުހުންނަށް އޭނާ ވަނީ އެކަން އަންގާފައެވެ.
ފުލުހުން ވަގުތުން އެ ގެއަށް ގޮސް ވައްކަން ކުރި މީހާ ހައްޔަރުކޮށްފައި ވެއެވެ. އަދި ވައްކަން ކުރަންވަތް މީހާ އެއްވެސް އެއްޗެއް ނަގާފައި ވޭތޯ ބެލި ބެލުމުން ކުށްވެރިޔާ ސޯފާއެއްގެ ދަށުގައި ފޮރުވާފައި ހުރި ގަހަނާއާއި އެނޫންވެސް އަގުބޮޑު ތަކެތި ހޯދާފައި ވެއެވެ.
ވައްކަން ކުރި މީހާ އަކީ ފިލްމުތަކުގެ ޝޫޓިންގެ ތެރޭގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޓީ ރާމަކްރިޝްނާ (32އ) ނަމަކަށް ކިޔާ މީހެކެވެ.
އެމެރިކާގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން މީނާ ވަނީ ވައްކަމުގެ މައްސަލަތަކުގައި 10 ފަހަަރެއްގެ މަތިން ޖަލަށް ވެސް ލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް