މާލެ ސިޓީގައި ރަމަޟާން މަހަށް ހާއްސަކޮށްގެން އެޅުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު ފަރާތްޔަކުގެ ކަންބޮޑުވުންތަކެއް ހުރުމާއެކު މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 00؛12 ޖެހުމުގެ ނިޔަލަށް އާ ކޮށްފައިވާކަމަށެވެ.
މީގެ ކުރިން އެ ފުރުސަތު ހުޅުވާލާފައި އޮތީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި،މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން މާލޭ ދެ ސަރަހައްދެއްގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކެއްކަމަށެވެ.
ސިޓީ ކައުންސިލުން މި ފުރުސަތު ހުޅުވާލާފައިވާއިރު ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މާރުކޭޓުތަކަށް ވަރަށް ބާރުބޮޑުވެގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް