ޖީނަށް ބަދަލުގެނެސްފައިވާ ދެ ބިލިއަން މަދިރި އެމެރިކާއަށް ދޫކޮށްލަން ތައްޔާރުވަނީ

ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ދެ ބިލިޔަން މަދިރި އެމެރިކާއަށް ދޫކޮށްލަން އިނގިރޭސިވިލާތުގެ އޮކްސިޓެކް ކުންފުނިން މަސައްކަތްކުރަމުން އެބަގެންދެއެވެ. މި ކުންފުނިން މީގެ ކުރިން ވަނީ މިގޮަތަށް މޮޑިފައިކޮށ...

13 Mar 2022 | 04:20

ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ދެ ބިލިޔަން މަދިރި އެމެރިކާއަށް ދޫކޮށްލަން އިނގިރޭސިވިލާތުގެ އޮކްސިޓެކް ކުންފުނިން މަސައްކަތްކުރަމުން އެބަގެންދެއެވެ.

މި ކުންފުނިން މީގެ ކުރިން ވަނީ މިގޮަތަށް މޮޑިފައިކޮށްފައިވާ 750 މިލިއަން މަދިރި އެމެރިކާގެ ފްލޮރިޑާއަށް ދޫކޮށްލާފައެވެ. މިފަހަރު ދޫކޮށްލަން ތައްޔާރުވަމުން އަންނަ ދެ ބިލިއަން މަދިރި ދޫކޮށްލަން ތައްޔާރުވަނީ ފްލޮރިޑާ އަދި ކެލިފޯނިއާއަށެވެ.

ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ މި ދެ ބިލިއަން މަދިރިއަކީވެސް ފިރިހެން މަދިރިކަމުން އިންސާނުންގައިގާ މި މަދިރިތައް ނުހަފާނެއެވެ. މީގެ އިތުރުން މި މަދިރިތަކުގެ ފުރާވަރަށް އެޅޭއިރަށް މި މަދިރިތައް މަރުވާނެފަދަ ގޮތަކަށް ޖެނެޓިކަލީ މި މަދިރިތައް މޮޑިފައިކޮށްފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނީގެ މި ޕްރޮޖެކްޓަކީ މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތައް ނައްތާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން މިގޮތަށް ޖެނެޓިކަލީ މޮޑިފައިކޮށް ވުޖޫދަށް ދޫކުރެވޭ މަދިރީގެ ސަބަބުން މަދިރީގެ އާބާދީ އޭގެ ޒާތުގައި އިތުރު ނުވެ، މަދިރީގެ ސަބަބުން ބަލިތައް ފެތުރުން ކޮންޓްރޯލުކުރެވި އެތައް ފުރާނައެއް ސަލާމަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ނަމަވެސް މަދިރިއަކީ އެންމެ ނުރައްކާތެރި އެއް ޖަނަވާރެވެ. ޒިކާ ވައިރަސް، ރީނދޫ ހުން، ޑެންގޫފަދަ ނުރައްކާތެރި ބަލިތައް އުފުލާ ޒަރީއާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މަދިރީގެ ޒަރީއާއިން ޖެހޭ އެކި އެކި ބަލިތަކުގައި ދުނިޔޭގައި އަހަރަކު މިލިއަނެއްހާ މީހުން މަރުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް