ޤަތަރުގައި ޖަމަލުގެ ރީތީގެ މުބާރާތެއް - އެއްވަނަ ލިބުނީ މަންގިއާ ޣުފްރާން ކިޔާ ޖަމަލަކަށް

ޤަތަރުގައި ޖަަމަލަށް ހާއްސަކޮށް ރީތީގެ މުބާރާތެއް ބާއްވައިފިއެވެ. ރީތީގެ މި މުބާރާތް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ އަލް ޝަހާނިއާގައި ކުރިއަށްގެންދިޔަ ޖަމަލު ފެސްޓިވަލުގައެވެ. އެނ...

13 Mar 2022 | 03:59

ޤަތަރުގައި ޖަަމަލަށް ހާއްސަކޮށް ރީތީގެ މުބާރާތެއް ބާއްވައިފިއެވެ.

ރީތީގެ މި މުބާރާތް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ އަލް ޝަހާނިއާގައި ކުރިއަށްގެންދިޔަ ޖަމަލު ފެސްޓިވަލުގައެވެ.

އެންމެ ރީތި ޖަމަލު ހޮވުމުގެ މި މުބާރާތް ކުރިއަށްގެންދިޔައީ އެއްވަނަ ހޮވޭ ޖަމަލެއްގެ ވެރިޔަކަށް އެއް މިލިޔަން ރިޔާލް (ދެ ލައްކަ ހަތްދިހަ ފަސްހާސް ޑޮލަރު) ލިބޭނޭހެންނެވެ.

މި މުބާރާތުގެ އެއްވަނައަށް ހޮވުނީ މަންގިއާ ޣުފްރާން ނަމަކަށް ކިޔާ ޖަމަލެކެވެ. އެ ޖަމަލުގެ ވެރިޔާއަށް މި މުބާރާތް އިންތިޒާމުކުރި ފަރާތުން ވަނީ އެއް މިލިޔަން ރިޔާލް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް