މާދަމައިން ފެށިގެން ރަޝިޔާގައި އިންސްޓަގްރާމް ބްލޮކްކުރާނެ ކަމުގައި އެގައުމުގެ ކޮމިއުނިކޭޝަން އޭޖެންސީން ބުނެފިއެވެ.
އެ އެޖެންސީން މިކަން އިއުލާނުކޮށްފައިވަނީ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފޭސްބުކާއި ޓްވިޓާ އެ ގައުމުގައި ބްލޮކްކުރި ފަދައިން މާދަމާ (14 މާރިޗް 2022) އިން ފެށިގެން އިންސްޓަގްރާމްވެސް ބްލޮކްވާނެ ކަމަށެވެެ.
އެ ގައުމުގައި ފޭސްބުކާއި ޓްވިޓާ ބްލޮކްކޮށްފައިވަނީ މިހާރު ހިނގަމުން އަންނަ ޔޫކްރޭން ހަނގުރާމައާއި ގުޅުވައި ރަޝިޔާގެ ސިފައިންނާއި ޖުމުލަކޮށް ރަޝިޔާއާއި ދެކޮޅު ކެމްޕޭނާއި ޕްރޮޕެގަންޑާތަކަށް ފާޅުކަން ބޮޑުގޮތެއްގައި ވަކި އަތަކަށްޖެހި ފޭސްބުކާއި ޓްވިޓާއިން އަމަލުކުރަމުން އަންނަކަމަށް ބުނެއެވެ.
ރަޝިޔާގެ މި ނިންމުމާއިމެދު ކަންބޮޑުވުން ފާޅުކުރަމުް އިންސްޓަގްރާމްގެ އިސްވެރިޔާ އެޑަމް މޮސޭރީ ބުނެފައިވަނީ މި ނިންމުުމުގެ ސަބަބުން އިންސްޓަގްރާމް ބޭނުންކުރާ 80 މިލިޔަން މީހުންނަށް އަސަރުކާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް