އިނގިރޭސި މިހާރުގެ ރާނީ، ކުއީން އެލިޒަބަތު ދެއަކާ ގުޅޭނޭހެން ރައިނޯއަކަށް ނަން ދީފިއެވެ.
ރާނީގެ ނަމާއި ގުޅޭނޭހެން ނަން ދީފައިވަނީ އިނގިރޭސިވިލާތުގެ ވައިލްޑްލައިފް ޕާކަށް އަލަށް އުފަންވި ހުދު ރައިނޯއަކަށެެވެ.
މި ރައިނޯއަށް އެ ޕާކުން ދީފައިވާ ނަމަކީ "ކުއީނީ" އެވެ.
މީޑިއާތަަކަށް މިކަމާއި ގުޅޭގޮތުން މައުލޫމާތުދެމުން އެ ޕާކުގެ ޗީފް ބުނެފައިވަނީ އެ ޕާކަށް އުފަންވާ ހުރިހާ ރައިނޯއަކަށްވެސް ނަން ދެމުންގޮސްފައިވާނީ ހާއްސަ މީހުންގެ ނަންނަމަށް ނަން ދީގެން ކަމަށާއި މި ހިނގާ 2022 ވަނަ އަހަރަކީ ރާނީ އެލިޒަބަތު ދޭއްގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރާ ހާއްސަ އަހަރަށްވެސް ވާތީ އެކަމާ މިކަމާ ގުޅުވާލީ ކަމަށެވެ.
އެ ޕާކުގެ ރައިނޯއަކަށް ކުއީނީގެ ނަން ދީފައިވާއިރު ޝާހީ އާއިލާގެ ބައެއް ނަންނަމަށް ނިސްބަތްކޮށް އެ ޕާކަށް އުފަންވި ދެ ޖަމަލަކަށްވެސް ނަން ކިޔާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް