ސައުދީގައި މަރުގެ ހުކުމް އިއްވާފައިތިބި 81 މީހެއްގެ މައްޗަށް އިއްޔެ އެ ހުކުމް ތަންފީޒުކޮށްފި

ސައޫދީ އަރަބިއްޔާގައި އެކި އެކި މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިތިބި 81 މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށްފިއެވެ. ސައުދީގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި މި 81 މީހުންގެ ...

12 Mar 2022 | 20:36

ސައޫދީ އަރަބިއްޔާގައި އެކި އެކި މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިތިބި 81 މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށްފިއެވެ.

ސައުދީގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި މި 81 މީހުންގެ ތެރޭގައި ހިމެނެނީ އެ ގައުމަށް ނިސްބަތްވާ 73 ކުށްވެރިއަކާއި ޔަމަނަށް ނިސްބަތްވާ ހަތް ކުށްވެރިއަކާއި ސޫރިޔާއަށް ނިސްބަތްވާ ކުށްވެރިއެކެވެ.

މި އެންމެންނަކީވެސް ކުށެއް ނެތް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން މެރުންފަދަ ބޮޑެތި ކުށްތަކުގައި މަރުގެ ހުކުމް އިއްވާފައިތި މީހުން ކަމަށް ސައޫދީން ބުނެފައިވެއެވެ.މީގެ އިތުރުން އައިސިސް އާއި އަލްގައިދާ ފަދަ ޖަމާއަތްތަކަށް ވާގިވެރިވުމާއި އެ ފަރާތްކުގެ އަމުރަށް އެކި ކުށްކޮށްފައިވާ ފަރާތްތައްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

މިއީ އެއްފަހަރާ އަދި އެއް ދުވަހެއްގައި މިހާގިނަ މީހުންގެ މައްޗަށް ސައޫދީގައި މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ. އެންމެފަހުން އެއް ދުވަހެއްގެ އެއްވަގުތެއްގައި މިހާ ގިނަ ބައެއްގެ މައްޗަށް މަރުގެ ހުކުމް އެ ގައުމުން ތަންފީޒުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ އަަދަދަކީ 47 އެވެ.

އޭގެ ފަހުން 2019ގައި 37، 2020ގައި 27 އަދި 2021ގައި 67 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެއެވެ.

ސައޫދީން މަރުގެ ހުކުމް އިއްވާ ފަރާތްތަކުގެ މައްޗަށް އިއްވާ ހުކުމް ތަންފީޒުކުރަމުން އަންނައިރު އިންސާނީ ހައްގުތަަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ މިކަމަށް ދެކޮޅަށް އަބަދުވެސް ވަކާލާތުކޮށް އަޑު އުފުލަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސައޫދީގައި ދެގޮތަކަށް މި ހުކުމް ތަންފީޒު ކުރެއެވެ. އެއްގޮތަކީ ތޫނު އެއްޗަކުން އެއްފަހަރާ ކަރު ބުރިކޮށްލައި ބޮލާއި ހަށިގަނޑު ވަކިކޮށްލުމެވެ. ނުވަތަ ކަތިލުމެވެ. އަނެއްގޮތަކީ ބަޑި ޖަހާ މަރާލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް