ޗައިނާގައި އުފެއްދި ފައިފުހިތަކެއްގައި ލަންކާ ދިދަ ހުރުމުން ދެ ގައުމުގެ ގުޅުން ގޯސްވެއްޖެ

ޗައިނާއިން އުފައްދާފައިވާ ފައިފުހިތަކެއްގައި ސްރީ ލަންކާގެ ދިދަ ހުރުމުން ދެގައުމުގެ ދެމެދުގައި މައްސަލަ ގޯސްވެއްޖެއެވެ. މިއާއެކު، އެމޭޒަންގެ ޗައިނާ ވެބްސައިޓްގައި ސްރީލަންކާގެ ދިދަ ހުރި ފައިފުހިތައް ވ...

13 Mar 2021 | 18:09

ޗައިނާއިން އުފައްދާފައިވާ ފައިފުހިތަކެއްގައި ސްރީ ލަންކާގެ ދިދަ ހުރުމުން ދެގައުމުގެ ދެމެދުގައި މައްސަލަ ގޯސްވެއްޖެއެވެ.

މިއާއެކު، އެމޭޒަންގެ ޗައިނާ ވެބްސައިޓްގައި ސްރީލަންކާގެ ދިދަ ހުރި ފައިފުހިތައް ވިއްކަން ހުކުރުމުން، ސްރީ ލަންކާ ސަރުކާރުންވަނީ އެ މައްސަލަ ބަލައިދިނުމަށް ޗައިނާ ސަރުކާރުގައި އެދިފައި ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީއިން މިދިޔަ ހުކުރު ދުވަހު ވަނީ ބުނެފައެވެ.

ސްރީ ލަންކާގެ ފޮރިން ސެކްރެޓަރީ އެޑްމިރަލް ޕްރޮފެސަރ ޖަޔަނާތު ކޮލަމްބާޖް އަންގާފައިވާ ގޮތުގައި ބެއިޖިންގްގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ މެދުވެރިކޮށް މިތަކެތި އުފެއްދި ފަރާތާ މަޝްވަރާކުރުމަށް އަންގާފަވާކަމަށާއި ކޮޅުނބުގައި ހުންނަ ޗައިނާ އެމްބަސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ ވޮޝިންގްޓަން ގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ މެދުވެރިކޮށް އެމޭޒަންއިން މައްސަލަ ހުށަހަޅައި ބެލުމަށް އަންގާފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް