މިއަދު ނުވަ ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި، ޖުމްލަ އަދަދު 198،206 އަށް

ރާއްޖޭގައި މިއަދު ނުވަ ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 9،770 މީހަކަށް ވެކްސިން ދީފައިވެއެވެ. އެއީ މާލެ ސަރ...

13 Mar 2021 | 17:23

ރާއްޖޭގައި މިއަދު ނުވަ ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 9،770 މީހަކަށް ވެކްސިން ދީފައިވެއެވެ. އެއީ މާލެ ސަރަހައްދުން 5،859 މީހަކަށް އަދި އެ ނޫން ސަރަހައްދުތަކުން 3،911 މީހަކަށެވެ.

މި އަދަދުއަކާއެކު ވެކްސިން ޖެހި ޖުމްލަ އަދަދު މިވަނީ 198،206 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ޖުމްލަ 111،695 މީހަކަށް އަދި އެ ނޫން ސަރަހައްދުތަކުން ޖުމްލަ 86،511 މީހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް