ކޮވިޑް އަދަދު 100 އިން ދަށަށް، މިއަދު ޕޮޒިޓިވް ވީ 94 މީހުން

ކޮވިޑަށް އިތުރު 94 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 94 މީހުންގެ ތެރެއިން 65 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަރަހައްދުންނެވެ. އެހެން ސ...

13 Mar 2021 | 17:08

ކޮވިޑަށް އިތުރު 94 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 94 މީހުންގެ ތެރެއިން 65 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަރަހައްދުންނެވެ. އެހެން ސަރަހައްދުގެ ރަށްރަށުން 14 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 21476 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2438ގައި ހުރި އިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 136 މީހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް