އެސްޓާސްގެ މައި ފިހާރަ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ، އެޗްޕީއޭއިން ބަންދުކޮށްފިއެވެ.
އެޗްޕީއޭ އިން ނެރެފައިވާ ނޯޓިސްއެއްގައި ބުނެފައިވަނީ އެ އެޖެންސީން ހަދާފައިވާ ގައިޑްލައިނާ ހިލާފަށް ހިދުމަތް ދެމުން ދާތީ އެސްޓާސް ބަންދު ކޮށްފައިވާ ކަމަށެވެ.
އަދި އެސްޓާސްއިން ވެސް ވަނީ ބަންދު ނޯޓިސް އެސްޓާސްގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައެވެ.
އެޗްޕީއޭގެ މި ނޯޓިސްގައި ބުނެފައި ވަނީ 24 ގަޑިއިރު ފަހުން ފިހާރަ އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށްފަހު އުސޫލާ އެއްގޮތަށް ހިދުމަތް ކުރި އަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އެޗްޕީއޭއިން އަންގާފައި ވަނީ އެސްޓާސް އަލުން ހިދުމަތް ދިނުމަށްޓަކައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ތަނުގެ ކަންތައްތައް އިސްލާހު ކުރުމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އިން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރަމުންނެވެ. އަދި އެޗްޕީއޭއިން ކަނޑައަލާފައިވާ މިންގަނޑުތަކާ ހިލާފު ވާނަމަ ބަންދު ވެސް ކުރެ އެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން މާސް އިންސްޕެކްޝަން އެއް ކުރިއަށް ގެންދާނެކަމަށް ޕޮލުހުން ވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް