އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާޙް ވިދާޅުވީ ބ.މާޅޮހުގައި ފެނާ ނަރުދަމާ މަސައްކަތާ ކުރުމަށް ބޭނުންވާ ހުރިހާ ސާވޭއެއްކޮށް ނިމިފައިވާކަމަށާއި މިކަމުގެ އަމަލީ މަސައްކަތް ފެށުމަށް ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާ ގުޅައިދިނުމަށް ހަމަޖެހިފައި ވެއެވެ.
ފެނުގެ ނިޒާމްގެ ދަށުން މިރަށުގައި 4943 މީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ. އަދި ފެން ރައްކާކުރުމަށް 310 ކިއުބިކް މީޓަރުގެ ދެ ތާނގީއާ ވާރޭފެން ރައްކާކުރުމަށް 740 ކިއުބިކް މީޓަރުގެ ތާންގީއެއް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ.
މާޅޮހުގައި 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، ޕަންޕް ސްޓޭޝަނަކާ 144 ސްވަރޭޖް މެއިން ހޯލް ހެދުމަށް ހަމަޖެހިގައި ވެއެވެ.
މާޅޮހަކީ ވާރޭ ވެހިއްޖެނަމަ ފެންބޮޑުވާ ރަށަކަށްވުމުން ފެނާ ނަރުދަމާގެ މަސައްކަތުގެ ދަށުން ފެން ހިންދުމަށް ހާއްސަ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއިން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖްއާ ހަވާލުކޮށްފައިވާ މި މަސައްކަތަކީ 60.4 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މިއީ540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރެވުނު މަޝްރޫޢުއެކެވެ.
މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 2020 ޑިސެމްބަރ 14 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ނިންމަން ކަނޑައަޅާފއި ވަނ ީ2022 ޖޫން 7 ވަނަ ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް