ވެކްސިން ޖެހުމަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ވެކްސިން ޖަހަން ހެދި ކިއު 12 ޖެހި އިރު ބަންދުކޮށްފިއެވެ.
އެ ހިސާބުގައި ވެކްސިން ޖަހަން ކިއޫގައި ތިބި ބައެއް މީހުން ހެނދުނު ކިއޫއަށް އަރާފައި ވާއިރު، ބައެއް ފަރާތްތަކަށް އަދިވެސް ވެކްސިން ޖެހޭ ގޮތެއް ނުވެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހަން ހަދާފައިވާ ކިއޫ ވަނީ އައިޖީއެމްއެޗް އާ ހަމައަށް ދަމާލާފައެވެ.
ނަމަވެސް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކޯވިޑް-19 ވެކްސިން ޖަހަން ފެށިތާ ތިން ހަފްތާ ވީއިރު، ވެކްސިން ޖަހާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވެއެވެ.
އެޗްޕީއޭއިން ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު، މާލެ ސަރަހައްދުގައި އުމުރުން 30 އަހަރުން މަތީގައި މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. އަދި ވެކްސިން ޖަހަންދާ މީހުންގެ އަދަދު ދަށްކަމުން ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖަހާފައިވާ ރަހުމަތްތެރިންނާއި އާއިލާ މީހުން ބާރު އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އޭރު ވެކްސިން ޖަހަން ހުޅުވާލާފައިވާ އުމުރުފުރާތަކަށް ބަލާއިރު ވެކްސިން ޖަހަން ގިނައިން މީހުން ގިނައިން ދަނީ ބުރާސްފަތި ދުވަހު އެވެ. އެއީ ވެކްސިން ޖެހުމުން ދިމަވާ ބައެއް މައްސަލަތަކާއި ގުޅިގެން ގޭގައި މަޑު ކުރަން ޖެހޭތީ އޮފީސް މަސައްކަތަށް ބުރޫއަރާތީ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ދުވަސްވަރު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ. އެގޮތުން 22 ވަނަ ދުވަހު މާލެ ސަރަހައްދުން 3،054 މީހުން ވެކްސިން ޖެހި އިރު 21 ވަނަ ދުވަހު ވެކްސިން ޖަހާފައިވަނީ 3،310 މީހުންނެވެ. އަދި 20 ވަނަ ދުވަހު ޖަހާފައިވަނީ 3،755 މީހުންނެވެ.
ވެކްސިން ޖަހާ މީހުން ކުއްލިއަކަށް އިތުރުވީ މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ މާލޭގައި ވެކްސިން ޖެހުމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް 18 އަހަރުން މަތީގެ 75-80 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް