މާލޭގައި އެއާ ކޯނެއް ހަރުކުރަން އުޅުނު ދެ މީހަކު ވެއްޓި ބޯފެޅި އަނިޔާ ވެއްޖެ އެވެ. މި މީހުން އެއާކޯން ހަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ކްރިމިނަލް ކޯޓް ގޯތިތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓ ގޯތިތެރޭގައި އޭސީ އެއް ހަރުކުރަން އުޅުނު ދެ މީހަކު، އައުޓްޑޯރ ޔުނިޓް އާއެކު ޖަންގަކުން ވެއްޓި ބޯފެޅިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށާއި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދުގެ 12:35 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މަސައްކަތް ކުރުމުގައި ސަމާލުވާން ވީ ކަންތަކަށް ސަމާލުކަން ނުދިނުމުގެ ސަބަބުން މިފަދަ ހާދިސާތައް ކުރިންވެސް ހިނގާފައިވެއެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅާއެކު މަސައްކަތް ކުރުން ވަރަށް މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް