ފަލަވެ ބަނޑުލާފައި ތިބެނީ ކަންނެތް މީހުން ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ މައްޖައްލާއެއް ކަމަށްވާ ދަ ލާންސެޓް އިން އާންމު ކުރި މިދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ އާންމުގޮތެއްގައި ބަނޑުލާފައި ތިބޭ މީހުންނަކީ ކަންނެތް މީހުންކަމަށެވެ. މި ދިރާސާ ދައްކާގޮތުން ދުނިޔޭގެ 60 އިންސައްތަ މީހުންނަކީ ބަނޑުލާފައި ތިބޭ މީހުންނެވެ. މީގެތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނެއެވެ. އަދި މި އަދަދު މިހައި ބޮޑަށް އިތުރުވެފައި މިވަނީ އެމީހުންގެ ކަންނެތް ކަމުންނެވެ.
މިދިރާސާގައި ބުނެފައިވަނީ ކަންނެތްވެ ބަނޑުލުމުގެ ސަބަބުން ހަކުރުބަލި ޖެހޭ މީހުންނާއި ހިތުގެ ބަލިތައް ޖެހޭ މީހުންގެ އަދަދުތައް އިތުުރުވަމުން އަންނަ ކަމަށެވެ. އަދި އެއީ ޞިއްޙީ ދާއިރާއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސިއްޚީމާހިރުން ވިދާޅުވާ ގޮތުގައި ދުނިޔޭގެ 70 އިންސައްތަ މީހުންނަކީ ހުންނަންޖެހޭ މިނަށްވުރެ ފަލަ މީހުންނެވެ. އަދި ބަނޑުލަނީ ފަލަވުމުގެ ސަބަބުން ކަމަށެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ފަލަވެ ބަނޑުލާން ދިމާވާ ސަބަބަކީ ކެއުމުގެ ނުބައި އާދަތަކުގެ ސަބަބުން ކަމަށެވެ. ހަށިގަނޑަށް ބޭނުން ނުވާވަރަށް ގިނައިން ކެއުމާއި ރޭގަނޑު ދަންވަރު މާގިނައިން ކައިގެން އެއްވެސް ހަރަކާތެއް ނުކޮށް ނިދާތީ ކަމަށެވެ. އަދި ކަސްރަތާއި ދުރުކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް