33 ވަނަ އުފަންދުވަހު، 33 ހަފްތާވީ ބަނޑު ދައްކާލައިފި

އެކްޓްރެސް/ މޮޑެލް އިޒަބެއްލާ ޑެޒާ، އޭނާގެ33 ހަފްތާވީ ބަނޑު ދައްކާލީ އޭނާއަށް33 އަހަރުވީ އުފަންދުވަހުއެވެ. އޭނާގެ ބޮޑުވެފައިވާ ބަނޑު ދައްކާލުމަށް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ ނެގުމަށްޓަކައި ލާފަ...

13 Mar 2021 | 06:59

އެކްޓްރެސް/ މޮޑެލް އިޒަބެއްލާ ޑެޒާ، އޭނާގެ33 ހަފްތާވީ ބަނޑު ދައްކާލީ އޭނާއަށް33 އަހަރުވީ އުފަންދުވަހުއެވެ. އޭނާގެ ބޮޑުވެފައިވާ ބަނޑު ދައްކާލުމަށް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ ނެގުމަށްޓަކައި ލާފައި ވަނީ ހުދުކުލައިގެ ހެދުމެކެވެ.

ޑެޒާއަށް އޭނާގެ ސެލެބްރިޓީ ރަހުމަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ ތަހުނިޔާ ކިޔާފައެވެ. އޭގެ ތެރޭގައި ސެލެބްރިޓީ ބީޖޭ ގެ އިތުރުން އެލިސް ޖޯސަން ވެސް ހިމެނެއެވެ.

ޑެޒާ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު ޑެޒާގެ ބަނޑަށް 21 ހަފްތާއެވެ.

ޑެޒާގެ ފުރަތަމަ ފިރިހެން ދަރިފުޅު ބެލްޓީއަށް މިހަރު ދެ އަހަރެވެެ. ބެލްޓީ އުފަންވެފައި ވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޑެޒާގެ ފިޓްނެސް އިންސްޓްރަކްޝަން ތަކަކީ، މައިންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވެފައި ވެއެވެ. އޭނާ ވަނީ ބަރުދަން ލުއިކުރުމާއި ބަރުދަނާ ބެހޭ ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައެވެ.

ފްރާންސް ގެ ބިޒްނަސް ކުރާ މީހެއް ކަމަށްވާ އެޑްރިއަން ސެމްބްލެޓް އާއިޭ ޑެޒާ ކައިވެނި ކޮށްފައި ވަނީ2016 ވަނަ އަހަރުގެ ސެޕްޓެމްބަހު މަހުގެ ތެރޭގައި އިޓަލީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް