ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭސަރަހައްދުގައި ވޯޓުލާ 202 މަރުކަޒު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.
އިލެކްޝަންސް އިން ބުނެފައި ވަނީ، އެ ކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭ ސަރަހައްދުގައި ވޯޓުލާ 202 މަރުކަޒު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުވާ ކަމަށެވެ.
އެހެންކަމުން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5,900/- ރުފިޔާ އެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، މި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން، [email protected] އަށް އީމެއިލް ކުރުމަށް އިލެކްޝަންސް އިން އެދެއެވެ.
ބީލަން ހުޅުވުން އޮންނާނީ 2021 މާރޗް 21 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށައި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް