މިހާރު ހަތަރު ވަރަކަށް އަލްބަލްގެ މަސައްކަތް އެބަ ކުރެވޭ ކަމަށާާއި، މަސައްކަތް ކުރަނީ މި އަހަރު ނެރެން ކަމަށް ސިމްބޮލިކް ރިކޯޑްސް އިން ބުނެފިއެވެ..
އަލްބަމްގެ އިތުރުން ވީޑިއޯ ލަވައިގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ސިމްބޮލިކް އިން ބުނެއެވެ. މިއަހަރު ނެރިފައިވާ 'ކޯވަރެއްގެ' އަލްބަމްގެ ބައެއް ލަބަތަކުގެ ވީޑިއޯ ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްް ދާ ކަމަށް ސިމްބޮލިކް ްއިން ބުނެއެވެ. މި ލަވައިގެ ވީޑިއޯ ފެންނާނީ ބައިސްކޯފް އިންނެވެ.
" މިއަދުވެސް ފަހަރެއްގަ އޭގެން ލަވައެއް ރިލީޒް ވުން އެކަށީގެންވޭ" ކޯވަރެއް އަލްބަމްގެ ބައެއް ލަވަތަކުގެ ވީޑިއޯގެ މަސައްކަތާ ގުޅޭގޮތުން ސިމްބޮލިކް އިން ބުނީ މިހެންނެވެ.
އޭގެން ބައެއް މަސައްކަތް އަންނަ މަހަށް ވެސް އެބަހުރި ކަމަށް ސިމްބޮލިކް އިން ފާހަގަ ކުރެއެވެ. އެގޮތުން ކުރިން ނެރިފައިވާ ލަވައެއްގެ ދެވަނަ ބައި އަންނަ މަހުގައި ނެރެން އެބަ ރާވާ ކަމަށް ސިމްބޮލިކް އިން ބުނެއެވެ. ނަމަވެސް އެއީ ކޮން ލަވައެއްގެ ބައެއް ކަމެއް ހާމައެއް ނުކުރެއެވެ.
އަދި މިހާރު މަސައްކަތް ކުރިއަށްދާ ބައެއް ޕްރޮޖެކްޓް ތައް، އެހެން ބައެއް ޕްލެޓްފޯމް ތަކުގައި ވެސް ފެނިގެން ދާނެއެވެ.
ސިމްބިލިކް ރެކޯޑްސް އަށް އިއްޔެ އަށް އަހަރު ފުރުނު އިރު، ކޮވިޑްގެ ހާލަތާ ގުޅިގެން އަހަރީ ދުވަސް ފާހަގަ ނުކުރާ ކަމަށް ސިމްބޮލިކް އިން ބުނެއެވެ. ނަމަވެސް ސިމްބޮލިކް ގެ ބައެއް އާޓިސްޓުން ކުޑަކޮށް އެއްތަންވެލާފައި ވާނެ ކަމަށާއި، ބައެއް ފަރާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭތީ، އާއި މި ދުވަސްވަރުގެ ހާލަތުގެ ގޮތުން ގިނަ އާޓިސްޓުން އެއްތަންވެފައި ނުވާ ކަމަށް ފާހަގަކުރިއެވެ.
ފިލްމެއްގެ މަސައްކަތަކީ ސިމްބޮލިކް އިން ވަރަށް ކުރިން ފެށިގެން ކުރަން މަސައްކަތް ކުރަމުން އަންނަ، އަދި ކާމިޔާބު ވެފައި ނުވާ ކަމެއް ކަމަށާއި، އަދި އެކަން މި އަހަރުގެ ފަހުކޮޅުގައި ފެށޭވަރުވާނެ ކަމަށް ސިމްބޮލިކް އިން ބުނެއެވެ.
ސިމްބޮލިކް އިން ވަނީ ހުރިހާ ފޭނުންނާއި ބައިސްކޯފް ގެ އިތުރުން ލަވަފޮށި ފާހަގަކޮށް އެފަރާތްތަކަށޤ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް